ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024 އަށް ރެފްރީން ހޯދުމާއި ގުޅޭ!

26 ޖުލައި 2024 ގައި ފަށަން ހަމަޖެހިފައިވާ މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024ގައި ރެފްރީކަން ކޮށްދޭނެ 2 ރެފްރީން ހޯދަން ބޭނުންވެއްޖެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 10 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ރެފްރީކަމުގެ ލައިސަންސްގެ ކޮޕީއާއި، އައި.ޑީ.ކާޑު ކޮޕީއާއިއެކު ހުށަހެޅުއްވުން އެދެމެވެ.

ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ ޓްރާސްޕޯރޓް (ކަނޑާއި ވައިގެ) ހަމަޖެހިގެން ދާނެއެވެ. އަދި މެޗް ބޯނަސްގެ ގޮތުގައި އޮފިޝަލްކަން ކުރާ ކޮންމެ މެޗަކަށް -/450ރ ހަމަޖެހިގެން ދާނެއެވެ. މަޑަވެލީގައި އަދި ހުވަދުއަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7332200 ނަމްބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ޖުލައި 2024
ހޯދާ