ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގެ ޓްރޮފީތައް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

"ގައްދޫ ފުޓްސަލް ޗެލެންޖް  2024" ގެ ޓްރޮފީތައް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ؛

 

                  2024 އޮކްޓޯބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ "ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ޗެމްޕިއަން ޓްރޮފީތައް ފަރުމާކޮށް ހުށަހަޅާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، "ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ޗެމްޕިއަން ޓްރޮފީތައް ފަރުމާކޮށް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އީމެއިލް ޒަރީއާއިން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] އަށެވެ. އީމެއިލްކުރާ ކަމުގައިވާނަމަ އީމެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9111005/7931318 އަށް ގުޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

މިހެންވެ އިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03  ޖުލައި  2024 

03 ޖުލައި 2024
ހޯދާ