ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ''ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024'' ހޯސްޓްކުރާނެ ފަރާތެއް ހޯދުން

ހދ.އަތޮޅު ކައުންސިލްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ " ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024 " މިއަހަރު ސެޕްޓެމްބަރ މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1-      މިފުރުޞަތު ހުޅުވާލެވިފައިވަނީ، ރަޖިސްޓްރީކޮށްގެން ހދ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ.

2-      ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން  އޮންނާނީ  2 ޖުލައި  2024 ން ފެށިގެން 7 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 އާއި ހަމަޔަށް އޮންލައިން ކޮށެވެ.  ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމާގުޅޭ މަޢުލޫމާތު އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

3-      ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6521645 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

4-      މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 8 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ.

5-      ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6-      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801 ، 6521645

02 ޖުލައި 2024
ހޯދާ