ދިވެހިރާއްޖެ
ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓް" ގެ ސާރވޭ މަސައްކަތްތައް ކުރިއަށްދާއިރު، ސަރވޭ ޓީމާއެކު ކުރިއަށް ގެންދެވޭ އެކިއެކި މަޝްވަރާތަކުގައި މި މިނިސްޓްރީގެ ފަރާތުން ބައިވެރިވާނެ ޓްރާންސްލޭޓަރެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)138-ES1/1/2015/121)ފ(23 އެޕްރީލް 2015) އަށް އެއްވެސް ތަރުޙީބެއް ލިބިފައިނުވާތީ، މި މަޤާމަށް މީހަކު ހޯދުމަށް އަލުން އަންގައި އިޢުލާން ކުރަމެވެ. މިމަޤާމުގެ މަސައްކަތްތަކާއި، މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) ތިރީގައިވާ އެޑްރެހުން ލިބެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތައް އަދި މިނޫންވެސް ޓީ.އޯ.އާރ ގައި ބަޔާންކޮށްފައިވާ ތަކެތި، ތިރީގައި މިދަންނަވާ އެޑްރެހަށް އެޑްރެސްކޮށް މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004166 ފެކްސް:3004301
އީ-މެއިލް: [email protected]
29 ރަޖަބު 1436