މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން 

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ މަތީގައި ދަންނަވާފައިވާ ޕްރޮޖެކްޓުން ތިރީގައި ބަޔާންކުރެވިފައިވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

އެގްރިކަލްޗަރދާއިރާ

ކޯހުގެ ލެވެލެ:

ކޯހުގެ ދާއިރާތައް:

ކޯހުގެ ޢަދަދު:

ޕީ އެޗް.ޑީ.

އެގްރިކަލްޗަރ

01

މާރސްޓާސް ޑިގްރީ

ސަސްޓެއިނަބްލް ސްޓަޑީސް / ސަސްޓެއިނަބްލް ޑެވެލޮޕްމަންޓް މެނޭޖްމަންޓް

01

މާރސްޓާސް ޑިގްރީ

ޕްލާންޓް ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ

01

ބެޗްލަރސް ޑިގްރީ

ސާވޭއިންގ އެންޑް މެޕިންގ ސައިންސް

01

ބެޗްލަރސް ޑިގްރީ

އެގްރިކަލްޗަރަލް ސައިންސް

02

ބެޗްލަރސް ޑިގްރީ

ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް

01

ބެޗްލަރސް ޑިގްރީ

ހޯޓިކަލްޗަރަލް ސައިންސް / މޭޖަރ އިން ޕްލާންޓް ހެލްތް

01

ބެޗްލަރސް ޑިގްރީ

އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)

02

ބެޗްލަރސް ޑިގްރީ

އެގްރިކަލްޗަރ އިކޮނޮމިކްސް

01

ބެޗްލަރސް ޑިގްރީ

ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލަރ އޮފް އިކޮނޮމިކްސް

01

 

ސްކޮލަރޝިޕްގެ ޝަރުތު ހަމަވާ ފަރާތްތައް:

މިސްކޮލަރޝިޕްތަކަށް ޝަރުތު ހަމަވާނީ ތިރީގައިވާ ލިޔުންތަކާއި އެކު ސްކޮލަރޝިޕަށް ހުށަހަޅާ އެޕްލިކޭޝަން ތަކެވެ.

 

ޕީ.އެޗް.ޑީ

ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން މާރސްޓާސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން

މާރސްޓާސް ޑިގްރީ

ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން

ބެޗްލަރސް ޑިގްރީ

ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން 

 

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކުރައްވައިފައިވުން. 
  4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  
  5. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.
  6. ސްކޮލަރޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި  ހިދްމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. ވުމާއިއެކު އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ  ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
  7. މިކޯސްތަކަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސްކޮލަރޝިޕް އަށް ހޮވޭ ދަރިވަރުން  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީ އަކުން އެކްސެޕްޓަންސް ހޯދުމަށް ބޭނުންވާ ލިޔުމެއް މިނިސްޓްރީން ފޯރުކޮށް ދެވޭނެއެވެ.

މި ކޯސްތަކަށް އެދިލައްވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން އާއިއެކި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅުއްވުން އެދެމެވެ.

 

25 ޛުލްޙިއްޖާ 1445

02 ޖުލައި  2024

02 ޖުލައި 2024
ހޯދާ