މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ލައިސަންސް ބަދަލުކުރުމާ ގުޅޭ

ނަންބަރު: (IUL)320-PRM/320/2024/67

 

އިޢުލާން

 

ޒޯން ލައިސަންސް ބަދަލުކުރުމާ ގުޅޭ

 

            ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ، ޒޯން ލައިސެންސް (ފޮތުގެ ލައިސަންސް) ދޫކުރަމުން އައި ޤަވާއިދު ނަންބަރު 2009/05 ވަނީ އުވާލެވިފައެވެ. މި ޤަވާއިދު އުވާލުމަށް ފަހު، އައު ޤަވައިދު ނަމްބަރު 102-R/2021 ގައި ބަޔާން ކުރައްވާފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 3 މަސް ދުވަހުގެ މުއްދަތެއް   (25 މެއި 2024 އިން 24 އޯގަސްޓް 2024 އަށް) ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ. އަދި މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސެންސް ބޭނުންކޮށްގެން 24 އޯގަސްޓް 2024 ގެ ނިޔަލަށް އެ ޒޯނެއްގައި ދުއްވޭނެ ވާހަކަ ދެންނެވީމެވެ.

            ވީމާ، ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން 2024 އޯގަސްޓް 24 ވަނަ ދުވަހުގެ ކުރިން އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސްތައް މިހާރުގެ ލައިސަންސްއަށް ބަދަލުކުރުމަށް ދަންނަވަމެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޛުއްޙިއްޖާ 1445

02 ޖުލައި 2024
ހޯދާ