މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދަމަނަވެށީގެ މެއިން ކައުންޓަރެއް ހެދުމަށް

ދަމަނަވެށީގެ މެއިން ކައުންޓަރެއް ހެދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޝަޢުބާން 1436       

19 މޭ 2015
ހޯދާ