ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ބާވެގެން ނަގާފައިހުރި ބައެއްތަކެތި ނީލަން ކިޔުމާގުޅޭ

މިޢިއުލާނާއެކުގައިވާ ނީލަން ކިޔުމަށް ލިސްޓްކޮށްފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަން ކިޔުން އޮންނާނީ 2024 ޖުލައި 13 ވާ ހޮނިހިރު ދުވަހު ހަވީރު 04:30 ގައި ފ. ނިލަންދޫ ވެޔޮދޮށު މައިޒާނުގައެވެ.

ލިސްޓްގައިވާ ތަކެތީގެ ނީލަން ފެށޭނީ -/5 ރުފިޔާއާއި -/100 ރުފިޔާއާއި ދެމެދުގެ އަގުތަކަކުންނެވެ. ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/5 ރުފިޔާއެވެ. ނީލަންކިޔާނީ ދުވަހު ނީލަން ކިޔުމުގެ އުޞޫލާ އެއްގޮތަށެވެ. ނީލަން ފެށޭނީ މަގުވެގެން 03 މީހުން ތިބެގެންނެވެ.

ނީލަން ކިޔުމަށް ލިސްޓްކޮށްފައިވާ ތަކެތި ބައިބަޔަށް ބަހައި އެބަޔަކަށް ދެވިފައިވާ ތަރުތީބު ނަންބަރާއި އެބައެއްގެ ނީލަން ފެށޭއަގު ނީލަންކިޔުމުގެ 01 ދުވަސް ކުރިން ނީލަން ކިޔާ ސަރަހައްދުގައި އާއްމުކޮށްފައި ހުންނާނެއެވެ.

ނީލަމުން ތަކެތި ނެންގެވުމަށްފަހު ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ރަސްމީ 02 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކަވައި ތަކެތި ގެންދަން ވާނެއެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ. ވަގުތުން ފައިސާ ބަލައިގަތުމުގެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެއެވެ. ނީލަމުން ނުނަގާ ތަކެތި 02 ވަނަ ފަހަރަށް އިޢުލާނުކުރާއިރު، ނީލަމުންނަގައި ފައިސާ ނުދައްކާ ހުންނަ ތަކެތި ނީލަމަށް ހުށަހެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

24 ޛުލްޙިއްޖާ 1445

01  ޖުލައި  2024

01 ޖުލައި 2024
ހޯދާ