ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2024 ވަނަ އަހަރުގެ 22 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

ތާރީޚް: 2 ޖުލައި 2024

ނަންބަރ: (IUL)327-A/327/2024/185

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 30 ޖޫން ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 22 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)     ނައިފަރުގައި ތަރައްޤީ ކުރެވެމުންދާ ފުޓްސަލް ދަނޑުގައި ޓާރފް އެޅުމާއި، ކަރަންޓް ވަޔަރުކުރުމާއި ލައިޓްޕޯސްޓްތައްހަދާ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/163 އިޢުލާނާއި ގުޅިގެން ވަޔަރުކުރުމާއި ލައިޓްޕޯސްޓްތައް ހަދާ ހަރުކުރުމުގެ މަސައްކަތަށް މައިޓަސްއިން ހުށަހަޅާފައިވާ ބީ އޯ ކިއު ފުރިހަމަ ކޮށްފައި ނުވާތީވެ އިވެލުއޭޝަން އިސްލާހު ކުރުމަށްފަހު އަލުން ބިޑް ކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުން.

 

2)     އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/123 އިޢުލާނާއި ގުޅިގެން 2024 ވަނަ އަހަރުގެ 21 ވަނަ ބިޑް ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ބިން ނަންބަރު G8 ގެ އިވެލުއޭޝަން އިން އެއްވަރު ވެފައިވާ ދެފަރާތުގެ (މާރތެލޯއާއި ބްލޫމިންގ) ދެމެދުގައި ނެގުނު ގުރުއަތުން ހޮވިފައިވާ ބްލޫމިންގ އަށް ބިން ނަންބަރު G8 ކުއްޔަށް ދިނުމަށް ފެންނަކަމަށް ނިންމުން.

 

3)     ޅ. ނައިފަރު މަލްޓިޕާރޕަސް ބިލްޑިންގ އެކޮމޮޑޭޝަންބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/113 އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވާ އެންމެ ފަރާތެއް ކަމުގައިވާ ޓީ އޭ ސީ ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ ބީ އޯ ކިއު ފުރިހަމަ ނުވުމާއި ބީ އޯ ކިއުއާއި އަދި ޖަދުވަލު 2 ގައި ހުށަހަޅާފައިވާ އަގު ދިމާނުވާތީވެ ބިޑު ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް ފެންނަކަމަށް ނިންމުން.

 

 

4)     ނައިބޮލި ޕޯޓަލްގެ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/138 އިޢުލާނާއި ގުޅިގެން އިވެލުއޭޝަން އިން އެންމެ މަތިން މާރކްސް ލިބިފައިވާ އެތިއޯން ޕވޓ ލޓޑ އަށް މި ބީލަން އެވޯޑު ކުރަން ފެންނަކަމަށް ނިންމުން.

ނައިފަރު ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހި ކުރުމަށްޓަކައި "ނައިބޮލި" ނަމުގައި ސިޓިޒަންސް ޕޯޓަލްއަކާއި މެނޭޖްމަންޓް ޕޯޓަލްއެއް ތަރައްޤީ ކުރުމުން އަންނަ އެކްސްކޯޕުން ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން ނައިފަރު ކައުންސިލް އިދާރާގެ މެމޯ ނަންބަރު (MEMO)327-A/327/2024/21 ގައި އެދިފައިވާ ގޮތަށް އެގްރިމެންޓް މުއްދަތު ހަމަވާވެފައިވާ ތާރީހުން ފެށިގެން 45 ދުވަސް އިތުރުކޮށްދިނުމަށް ފެންނަކަމަށް ނިންމުން.

 

 ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                              30 ޖޫން 2024

30 ޖޫން 2024
ހޯދާ