ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ވީ.އެފް" ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައި އާންމުކުރެވިފައިވާ "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2024/44 އިއުލާނުގައި ބަޔާންކޮށްފައިވާފަދައިން 15 މޭ 2024 ގެ ނިޔަލަށް ""އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ލިސްޓު މި އިޢުލާނާއެކު އާންމުކުރަމެވެ.   

2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 100 ދެމަފިރިންނަށް ކަމުން، 15 މޭ 2024 ގެ ނިޔަލަށް ފޯމު ހުށަހެޅުއްވި 153 ފަރާތްތަކުގެ ތެރެއިން އިސްވެދެންނެވި އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 37 ފަރާތަށް، ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން މި އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައި ދަންނަވަމެވެ. އަދި 15 މޭ 2024 ގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށްއެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2024/68 އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން، 31 ޖުލައި 2024 ގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދެވިފައިވާ ކަމުގައި ހަނދުމަކޮށް އަރުވަމެވެ. އަދި މިއެހީއަށް ޝަރުތުހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށްވެސް، 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮތް ކަމުގައި ދަންނަވަމެވެ.

އަދި މި ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖުލައި 2024 ގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. 10 ޖުލައި 2024 ގެ ނިޔަލަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ ޝަކުވާތަކަށް ރިޢާޔަތްކޮށް، ޝާއިޢު ކުރެވިފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭކަމުގައިވާނަމަ، މުރާޖަޢާ ކުރެވިފައިވާ ލިސްޓު 15 ޖުލައި 2024 ގައި ޝާއިޢުކުރެވޭނެއެވެ.

މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

02 ޖުލައި 2024
ހޯދާ