މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސް

މިކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 17 ވާ ބުދަ ދުވަހުގެރޭ 20:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައެވެ. މިޖަލްސާގައި ޙިއްޞާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

 

2320 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް:

މިޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 2024 ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިކަން ވާނީ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި 2024 މެއި 19 ވަނަ ދުވަހު، ނަންބަރު: MTCC-CSD/IU/2024/00166 އިޢުލާނުން ޢާންމުކޮށް އަންގާ އިޢުލާނުކޮށްފައެވެ.

 

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  2. 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  3. ޚާއްޞަ ޢާންމު ޖަލްސާ 2024ގެ ޔައުމިއްޔާ ފާސްކުރުން
  4. 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން
  5. 2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން
  6. 2023 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން
  7. 2024 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން
  8. ކުރިއަށް އޮތް ދައުރަށް ސަރުކާރުގެ ފަރާތުން އައްޔަނުކޮށްފައިވާ ޑިރެކްޓަރުންގެ ނަންތައް އިޢުލާނު ކުރުން
  9. ކުރިއަށް އޮތް ދައުރަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުން އިންތިޚާބު ކުރުން
  10. ޙިއްޞާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން
  11. ޖަލްސާ ނިންމުން

 

ޖަލްސާއަށް ރަޖިސްޓަރ ކުރުން

ކުންފުނީގެ 2023 ވަނަ އަހަރުގެ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ އެންމެހައި ޙިއްޞާދާރުން 2024 ޖުލަައި 15 ވަނަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓަރ ކުރައްވަންވާނެއެވެ.

 

މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (infinity.mv)، އެމް.ޓީ.ސީ.ސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް (sop.mtcc.com.mv)، ([email protected]) އީމެއިލް މެދުވެރިކޮށް ނުވަތަ އެމް.ޓީ.ސީ.ސީ ޓަވަރުގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ރަޖިސްޓަރ ކުރެއްވޭނެއެވެ.

ޖަލްސާއަށް ރަޖިސްޓަރ ކުރައްވާނެ ގޮތުގެ ވީޑިއޯ އަދި ޖަލްސާއާއި ގުޅޭ ފޯމުތައް މިކުންފުނީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާނެއެވެ.

 

މިޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށްކަމުގައިވާތީ ޖަލްސާއަށް ހާޒިރުވެ، ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތައް ސްމާރޓް ފޯނު / ޓެބްލެޓް ފަދަ، "ފަހިވޯޓް" ބޭނުންކުރެވޭނެ ވަޞީލަތަކާއެކު ޖަލްސާއަށް ވަޑައިގަތުމަށް ދަންނަވަމެވެ.

 

ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 ޖޫން 2024
ހޯދާ