ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސެންސް އުވާލުމާއިގުޅޭ

ޤަވައިދު ނަންބަރު 2009/05 ގެ ދަށުން ދޫކުރަމުންދިޔަ ޒޯން ލައިސެންސް ޤަވައިދު ނަންބަރު 2021/R-102 ވުޖޫދުވުމާއި ގުޅިގެން މިހާރު އުވިފައިވާކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ. އެހެންކަމުން މިހާރު ޒޯން ލައިސެންސް ނަގާފައިވާ ޤަވައިދު ނަންބަރު 2021/R-102 ގައި ބަޔާންކުރާ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށްޓަކައި 3 މަސްދުވަހުގެ މުއްދަތު (25 މެއި 2024 ން 24 އޮގަސްޓް 2024 އަށް) އެ ފަރާތްތަކަށް އަރުވާކަމާއި އަދި މިހާރު ޒޯން ލައިސެންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސެންސް ބޭނުންކޮށްގެން 24 އޮގަސްޓް 2024 ގެ ނިޔަލަށް އެޒޯނެއްގައި ދުއްވޭނެކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ޛުލްޙިއްޖާ 1445

01 ޖުލައި 2024
ހޯދާ