ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ވިޔަފާރި ކުރުމަށް ބަނދަރު ސަރަޙައްދުން 02 ބިން ކުއްޔަށް ދޫކުރުން.

ކޮނޑޭ ބަނދަރު ސަރަޙައްދުން ޢާންމު ވިޔަފާރި ކުރުމަށް 2,035 (ދެހާސް ތިރީސް ފަހެއް) އަކަފޫޓްގެ 02 ބިން 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. 

  1. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ) މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމަށް މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 (ށ) މިބިންތަކުގައި ކުރެވޭނީ ޢާންމު ވިޔަފާރީގެ ބާވަތްތަކުގެ އެކިއެކި ވިޔަފާރިއެވެ. ގުދަން ކުރުމާއި، ގަރާޖު ހެދުމާއި، ޢިމާރާތް ކުރުމުގެ ސާމާނު ވިއްކުމާއި، ކެމިކަލްގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަށް ވިއްކުމުގެ ވިޔަފާރީގެ އިތުރުން ސިނާއީ މަސައްކަތްތަކާއި ގުޅޭ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މިބިންތަކުގައި ނުކުރެވޭނެއެވެ. 

 (ނ) މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީކޮށް ބީލަން ގަތުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖުލައި 2024 ވާ އަންގާރަ ދުވަހުން ފެށިގެން 09 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއިންނެވެ.

 (ރ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާ 1,000 (އެންހާސް) ރުފިޔާއަށެވެ.

 (ބ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.

 (ޅ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:15 އަށް ކޮނޑޭ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅި ފަރާތްތަކުގެ ހާޟިރުވެއެވެ.

 (ކ) އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބަޔާންކޮށްފައިވާ ބިން ކުއްޔަށް ދޫކުރުމަށް ޢަމަލު ކުރާނެ ގޮތުގެ އުޞޫލް" ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމުގެ އުޞޫލް" އާއި ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

01 ޖުލައި 2024
ހޯދާ