އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނަށް ބޭނުންވާ ކޯރ ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް ބިޑަށް ހުޅުވާލުން!

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކޮމިޝަނަށް ބޭނުންވާ ކޯރ ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL123-A/123/2024/27ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައި ނުވާތީ އާއި ބިޑު ހުށަހެޅި ފަރާތްތަކުން އެކަށީގެންވާ އަގެއް ހުށަހަޅާފައި ނުވާތީ ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، ދެންނެވިފައިވާ ކޯރ ސްވިޗް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ ހެނދުނުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރު، 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި، ސްޕެސިފިކޭޝަން މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.

 

25 ޛުލްޙިއްޖާ 1445

01 ޖުލައި 2024

01 ޖުލައި 2024
ހޯދާ