ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލްގެ އިދާރާގައި ސޯލާ ޕެނަލް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މަޑަވެލި ކައުންސިލްގެ އިދާރާގައި ސޯލާ ޕެނަލް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި ކަންކަން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

   1)     15KW Three Phase Grid Tied Roof to PV System photovoltaic Module (500W)

  2)     Cell per module: 150 Cells

  3)     Module Efficiency: 20.7%

  4)     Type: Monocrystalline

ވީމާ، މިކަމަށް ޝަވްގުވެރިވާ ފަރާތްތަކުން 2024 ޖުލައި 11 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

      1.         އަންދާސީ ހިސާބު ހުށަހަޅާނީ މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ އަގު ހުށަހަޅާ ފޯމުންނެވެ. މި ފޯމުން އަގުހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެއެވެ.

      2.         ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ 'ބިޑް ހުށަހަޅާ ފޯމު' (އަންދާސީ ހިސާބު) ބަލައި ނުގަނެވޭނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) އަންދާސީ ހިސާބެވެ.

      3.         އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

      4.         ހުށަހަޅާ އަންދާސީ ހިސާބަށް (ވެލިޑިޓީގެ ގޮތުގައި) 90 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިއްޖެނަމަ ހުށަހަޅާފައިވާ އަގުތަކުގައި މަސައްކަތް ކޮށްދޭންވާނެއެވެ.

      5.         އަންދާސީ ހިސާބާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

      6.         އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ގަޑި ޖެހުމުގެ ކުރިން ހުށަހަޅަންވާނެއެވެ.

      7.         ސޯލާ ޕެނަލް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަކާއި ގާނޫނީ އަދި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރަންޖެހޭނީ ބިޑް ކާމިޔާބު ކުރާ ފަރާތަކުންނެވެ.

      8.         ސޯލާ ޕެނަލް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރަންޖެހޭނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ހުއްދަ ލިބިފައިވާ މީހަކު ލައްވައެވެ. އަގު ފޯމާއިއެކު، މަސައްކަތް ކުރުވާނެ ފަރާތެއްގެ ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

ޕޮއިންޓް/ މާކްސް ދެވޭ ބައިތައް

ޕޮއިންޓް/ މާކްސް

ޕޮއިންޓް/ މާކްސް ދެވޭގޮތް

މަސައްކަތުގެ އަގު

85

އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް، ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

ވޮރެންޓީ

5

ދިމާވާ މައްސަލަތައް އަމިއްލަ އަށް ނުވަތަ އަމިއްލަ ޚަރަދުގައި ޙައްލުކޮށްދޭނެ އެންމެ ދިގު މުއްދަތަކަށް، ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް.

މުއްދަތު

5

 

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

ތަޖުރިބާ

5

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން އެންމެ ގިނަ ލިޔުންތައް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް (މިގޮތުން ޕޮއިންޓް/މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވަގެން 5 ލިޔުމަށް، ލިޔުމަކަށް 1 ޕޮއިންޓް/މާކްސް ލިބޭގޮތަށް)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ޖޫން 2024
ހޯދާ