މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅާ އިންޓްގްރޭޓް ކުރާނެ ފަރާތެއް ހޯދުމަށް

ނެޝަނަލް ހެލްތު ލެބޯޓްރީގެ އެޗްޕީއެލްސީ ޔުނިޓަށް ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅާ އިންޓްގްރޭޓް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2015/104)ފ(04 މޭ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، ނެޝަނަލް ހެލްތު ލެބޯޓްރީގެ އެޗްޕީއެލްސީ ޔުނިޓަށް ކޮމްޕިއުޓަރ ސިސްޓަމަކާ ގުޅާ އިންޓްގްރޭޓް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 01 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޝަޢުބާން 1436       

19 މޭ 2015
ހޯދާ