މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިމާރާތުގެ ބައެއް މަރާމާތުކޮށް އައު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކޯޕަރޭޝަންގެ އިޢުލާން ނަންބަރު MHCL/IUL/2015/19 ގެ ދަށުން މި ކޯޕަރޭޝަންގެ ސައިކޮޓަރިއާއި ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން މަސައްކަތް ހަވާލުކުރެވުނު ފަރާތަށް އެ މަސައްކަތް ކުރެވެން ނެތްކަމަށް އެންގުމުން އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ކޯޕަރޭޝަންގެ އޮފީސް އިމާރާތުގައި ބޭނުންނުކުރާތާ ގިނަ ދުވަސްވެފައިވާ ސައިކޮޓަރިއަކާއި ދެ ފާޚާނާ، ބައެއް ބަދަލުތަކާއެކު ބޭނުންކުރެވޭނެ ފެންވަރަށް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

1 ޝަޢުބާން 1436

19 މޭ 2015
ހޯދާ