މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސުވާލު ކަރުދާސްތައް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑިމޮގްރަފިކް ހެލްތު ސާރވޭ 2015/16 ގައި ބޭނުންކުރާނެ ސުވާލު ކަރުދާސްތައް އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 28 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 01 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޝަޢުބާން 1436       

19 މޭ 2015
ހޯދާ