ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސުކޫލުގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

                      

 

                      

               ނަންބަރު: GS55/IUL/2024/17

އިޢުލާން

 

                މިސުކޫލުން ބައުވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިޔުން 13 ޖުލައި 2024 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 ގައި ސުކޫލް ގޯތި ތެރޭގައި އޮންނާނެއެވެ.

                ވީމާ، މި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި ސުކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.

ނީލަން ކިޔާތަކެތި ބައިބަޔަށް  ބެހުމަށްފަހު، ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ.

  • ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޟިރުގައެވެ.
  • ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރިއަގު ނީލަން ނިމޭ ދުވަހު މި ސުކޫލަށް ދައްކަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ނުދައްކައިފިނަމަ އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.
  • ނީލަން ކިޔުނު ތަކެތީގެ ފައިސާ ދެއްކެވުމަށްފަހު ބަންދުނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ.

މިއިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6780095

އީ-މެއިލް: [email protected]

24 ޛުލްޙިއްޖާ 1445

1   ޖުލައި   2024

 

 

01 ޖުލައި 2024
ހޯދާ