ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް 2024 ހޯސްޓްކުރުމަށް ހުޅުވާލުން

މިއަހަރު ސެޕްޓެމްބަރ 04 ން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ލާމަސީލު ލާމު އަތޮޅު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި އަންހެން ޑިވިޜަނާއި ފިރިހެން ޑިވިޜަންގެ މެޗްތައް ކުޅެވޭނެއެވެ. މުބާރާތް ހޯސްޓްކުރާ ފަރާތަކަށް -/20،000ރ (ވިހިހާސް ރުފިޔާ) ގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 ވީމާ، މި މުބާރާތް ހޯސްޓް ކުރުމަށް ސައުޤުވެރިވާ ކުލަބު ޖަމްޢިއްޔާ ތަކުން ''ލާމަސީލު ލާމު އަތޮޅު ވޮލީބޯޅަ  މުބާރާތް 2024'' ހޯސްޓް ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕްރޮޕޯސަލް ހިއްޕަވައިގެން އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާ ފޯމް މިއިދާރާގެ ވެބްސައިޓް www.laamu.gov.mv އިން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެއެވެ.

01 ޖުލައި 2024
ހޯދާ