ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ނަންބަރު: HMH/IUL/2024/091  

ވަޒީފާގެ ފުރުޞަތު

 

މަޤާމު

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

 01 ( އެކެއް )

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ ، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 1964/-( މުސާރައިގެ 35%)

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑީއެމްއާރުސީގެ ޚިދުމަތްތަކާއި ގުޅޭ ތެރަޕީ އިކުއިޕްމަންޓްތަކާއި ފަރުވާދޭ ސަރަހައްދުތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، އެތަންތަން ސާފުތާހިރުކަމާއި ރައްކާތެރިކަމާއިއެކު ބޭނުންކުރަން ތައްޔާރަށް ހުރިތޯ ބެލުން. މީގެ އިތުރުން ޑީއެމްއާރުސީގެ މަސައްކަތާއި ގުޅިގެން ދިމާވާ ކަންކަން ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިޔުން.
  2. އެޕޮއިންޓްމަންޓް ތާވަލުކުރުމާއި، ބަލިމީހުންގެ ރެކޯޑް ބެލެހެއްޓުން ފަދަ އިދާރީ މަސައްކަތްތައް ކުރުން.
  3. ކައުންޓަރަށް އަންނަ ފޯންކޯލް ތަކަށް ޖަވާބުދީ، ޕާސްކުރަންޖެހޭ ކޯލްތައް ޕާސްކުރުން އަދި މައުލޫމާތު ސާފުކޮށްދިނުން.
  4. އިމާރާތުގެ ސާފުތާހިރުކަން އަދި ބަލިމީހުން ތިބޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް އެކަން ކުރެވެމުންދާގޮތް ބަލާ މޮނިޓަރ ކުރުމާއި ދުވަހުން ދުވަހަށް ނައްތާލަންޖެހޭ ކުނި ނައްތާލުން.
  5. އައި.ޑީ.އެމް.ސީގައި ދެވޭ ޚިދުމަތްތަކަށް އިދާރީ ގޮތުން ބޭނުންވާ ތަކެތި ސްޓޮކަށް ރިކުއެސްޓްކޮށްގެން ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖައްސުން.
  6. ބަލިމީހާ އަދި ބަލިމީހާގެ އާއިލާއާއި މުއާމަލާތު ކުރުމާއި ބަލިމީހާއާއި ގުޅިގެން މައުލޫމާތެއް ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި މައުލޫމާތު ފޯރުކޮށްދިނުން.
  7. ޑީއެމްއާރުސީ އަދި އައިޑީއެމްސީގައި ފަރުވާދެވޭ ބަލިމީހުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި މެޑިކަލް ރެކޯޑްސްއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުން. އަދި ދުވަހުން ދުވަހަށް ލިޔެކިޔުންތައް ފޮނުވުން
  8. ޑީއެމްއާރުސީ އަދި އައިޑީއެމްސީގައި މަސައްކަތް ކުރާ ސިއްޙީ ހިދުމަތްތެރިން އަންގާ ފަރުވާގެ ޕްލޭންތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވުން.
  9. ކޮމްޕްލެކްސް ޕްރޮސީޖަރތަކުގެ ތެރޭގައި ތެރަޕިސްޓަކަށް އެހީތެރިވުން، ބޭނުންވާ ގޮތަށް އަތްމަތީ އެހީތެރިކަން ފޯރުކޮށްދިނުން.
  10. ޑީއެމްއާރުސީ އަދި އައިޑީއެމްސީއަށް އަންނަ ބަލިމީހުންނާއި ގުޅޭގޮތުން ވިނަވި އަދި ސޮފްޓްކެއަރ އަށް މަޢުލޫމާތު އެންޓަރ ކުރުން. ކޮންމެ ޑިއުޓީއެއްވެސް ނިމުމުން ކޭޝްރިޕޯޓް ޗެކްކޮއް ސޭވްކުރުމަށްފަހު ލިބުނުފައިސާ އާއި ކްރެޑިޓް ސްލިޕްތަކާއި ކެންސަލްކުރެވުނު މެމޯތައް ލޮގު ކުރުން.
  11. ސެންޓަރަށް އަންނަ ބަލިމީހުން ބޭނުންވާ ޚިދުމަތްތަކުގެ އަގު ނަގައި ކްރެޑިޓް ކުރަންޖެހޭ މެމޯތައް ކްރެޑިޓްއެކައުންޓް ތަކަށްލުން 
  12. ޑީއެމްއާރުސީ އަދި އައިޑީއެމްސީ ގައި އިދާރީގޮތުން ކުރެވޭ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެގެން ކުރުން.
  13. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

 

މަޤާމުގެ ޝަރުތު

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް

އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމެންޓް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  11. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 08 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ  [email protected]   އަށެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

 

 

 

01 ޖުލައި 2024
ހޯދާ