މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Professional Accountants Training Scholarship 2024

ދިވެހިރާއްޖޭގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން

ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ސްކީމް 2024

ޖުމުލަ 100 ފުރުޞަތު

ޕަބްލިކް ކެޓެގަރީއަށް 50 ފުރުޞަތު (ދައުލަތުގެ އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް)

އޯޕަން ކެޓެގަރީއަށް 50 ފުރުޞަތު (އަމިއްލަ އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭފަރާތްތަކަށް)

ކޯހުގެ ޢަދަދު:

އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް.

ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް.

ކޯހުގެ ދާއިރާ:

1.ACCA  ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.

2.CIMA  މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން. 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

މި ސްކޮލަރޝިޕްތަކުގައި ޚަރަދުކުރާނެ ކަންކަން ތިރީގައި މިވަނީއެވެ.

- ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ

- އެނުއަލް ސަބްސްކްރިޕްޝަން ފީ

- އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ

- އެގްޒާމް ފީ

- އެފްލިއޭޝަން ފީ 

- މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)

- ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ

- އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއިއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ވެލިޑޭޓްކޮށްފައި)

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. އެގްޒެމްޝަން ލެޓަރ

4. ޕަބްލިކް ކެޓަގަރީގެ ސްލޮޓަށް ހުށަހަޅާނަމަ ވަޒީފާ އަދާކުރާކަމުގެ ލިޔުން (ވަޒީފާ އަދާކުރާކަމުގެ ލިޔުން ވާންވާނީ މި އިޢުލާންގެ ފަހުގެ ތާރީޚުގެ ލިޔުމަކަށް)

5. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

7. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

- މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ފުރިހަމަކުރަން ބާކީއޮންނަ މޮޑިއުލްގެ އަދަދު އެއްވަރުވާނަމަ، އެއްވަރުވި ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓަކު ހޮވާނީ މެރިޓް އުސޫލުންނެވެ.

- މި ސްކޮލަރޝިޕަށް ހޮވުމުގައި ޕަބްލިކް ކެޓަގަރީއަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މި ކެޓަގަރީއަށް ކަނޑައެޅިފައިވާ ޖާގައަށް ވުރެ އިތުރަށް ޝަރުތުހަމަވާ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން އޯޕެން ކެޓަގަރީގައި ހިމެނޭނެއެވެ.

- ދަރިވަރު ސްކޮލަރޝިޕްއަށް ހޮވުނުކަން މި މިނިސްޓްރީއިން އަންގާ ތާރީޚުން ފެށިގެން 1 އަހަރު މުއްދަތު ތެރޭގައި ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ފަށަންވާނެއެވެ. ކިޔެވުން ފެށިކަމަށް ބެލެވޭނީ ސްކޮލަރޝިޕްގެ ދަށުން ޕޭމެންޓަށް އެދި މި މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

- މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ކޯސް ފުރިހަމަކުރުމަށް ދެވޭނީ ސްކޮލަރޝިޕް އެވޯޑުކުރެވޭ ދުވަހުން ފެށިގެން ގިނަވެގެން 3 އަހަރު ދުވަހެވެ. މި މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.

- އޭ.ސީ.ސީ.އޭ ނުވަތަ ސީ.މާ ކިޔަވައި ނިންމާފައިވާ ދަރިވަރުން މި ސްކޮލަރޝިޕްއަކަށް ކޮލިފައިއެއްނުވާނެއެވެ.

- ސްކޮލަރޝިޕަށް ހޮވޭ ދަރިވަރު އެދިފައިވާ ކޯސް ބަދަލެއްނުކުރެވޭނެއެވެ.

- ސްކޮލަރޝިޕްގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާ މޮޑިއުލްއެއް ނިމުމަށްފަހު، އެނުއަލް ސަބްސްކްރިޕްޝަން ފީއަށް ސްކޮލަރޝިޕްގެ ދަށުން ފަންޑު ނުދެވޭނެއެވެ. 

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕަށް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން/ ހޮވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން. 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026950 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

30 ޖޫން 2024
ހޯދާ