މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ހދ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އަމާންވެށި އެކަމަޑޭޝަން ބްލޮކުގެ ފާޙާނާތައް މަރާމާތުކުރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

ހދ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އަމާންވެށި އެކަމަޑޭޝަން ބްލޮކުގެ ފާޙާނާތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުވުމަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ލިންކް އަށް ކްލިކް ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ސޭވް ކުރުމަށްފަހު ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

11 ޖުލައި 2024

ބުރާސްފަތި

10:00

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

(އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

30 ޖޫން 2024
ހޯދާ