މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންސަރ ބައްޔަށް ސްކޭންކުރުމާއި ގުޅޭ

ކެންސަރު ބައްޔަށް ސްކޭންކުރުމާއި ގުޅޭ

 

                ނޫމަރާ ކައުންސިލާއި ށ.އަތޮޅު ކައުންސިލް އަދި ކެންސަރ ސޮސައިޓީ ގުޅިގެން ރާއްޖޭގައި އާންމު 5 (ފަހެއް) ވައްތަރެއްގެ ކެންސަރ ބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް 2024 ޖުލައި 12 ވާ ހުކުރު ދުވަހު ކުރިޔަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ބާއްވާ ޙާއްސަ މައުލޫމާތު ދިނުމުގެ ސެސަންއެއް 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ.  

                ވީމާ، މި ސްކްރީން ކުރުމުގެޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، ތިރީގައިވާ ނަންބަރުތަކަށް  ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

      

* ޕްރޮގްރާމުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށް

ހަސަން އިމާޒް - 9935268

އަހްމަދު އަނީލް - 9752244

 

 

                  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2024
ހޯދާ