މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:                    ދާއިމީ

މަޤާމުގެ ރޭންކް:                    ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:               އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:                   1 (އެކެއް)  

މުސާރަ:                        -/5020 ރުފިޔާ

ސަރވިސް އެލަވަންސް:               -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ސަދަން ސެންޓްރަލް އެޑިޔުކޭޝަން ޔުނިޓް، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާގުޅޭ ސިޔާސަތުތަކާއި ޤަވާޢިދުތަކާއި އުޞޫލުތައް ކަނޑައަޅުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  2. ކުރިއަށް އޮންނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން.
  3. އެކްޓިވިޓީ ކަލަންޑަރުގައި ރޭވިފައިވާ ހަރަކާތްތައް ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކާ ގުޅައި، ހިންގޭނެކަން ކަށްވަރުކޮށް، އިތުރު ބަދަލެއް އަންނަނަމަ ސުޕަވައިޒަރުގެ މަޝްވަރާގެމަތިން ސްކޫލްތަކާ އެކަން ހިއްސާކުރުން.
  4. އިތުރު ހަރަކާތްތަކާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންގެ އެންމެހައި ކަންތައްތައް ހިންގައި، އޭގެ މުއްދަތުތައް ހިފެހެއްޓުމާއި، އެފަދަ މުބާރާތްތަކުން ލިބޭ ރީތި ވަނަތައް ފާހަގަކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  5. ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާ ގުޅޭގޮތުން އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައިވާ މަސައްކަތްތަކުގެދަށުން ބޭރުން ރާއްޖެ އަންނަ ފަރާތްތަކާއި، ރާއްޖޭއިން ބޭރަށް ދާ ފަރާތްތަކާއި ދަރިވަރުންގެ އިދާރީ މަސައްކަތްކުރުން.
  6. ސްކޫލްތަކުގައި ހިންގޭ ޔުނިފޯމް ހަރަކާތްތަކާއި، ކްލަބްތައް ހިނގާ ނުހިނގާގޮތް މޮނިޓަރކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  7. ކްލަބް ޖަމްއިއްޔާތަކުންނާއި އެހެނިހެން ފަރާތްތަކުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގޭ މުބާރާތްތަކުގައި ވަނަވަނައަށް އަންނަ ދަރިވަރުންނަށް މިނިސްޓްރީގެ ނަމުގައި އިނާމު ދިނުމުގެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  8. ބޭރުގެ އެކިއެކި އެހީގެދަށުން ޔުނިޓުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްކުރުމާއި ބަޖެޓް މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠު:                       

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 ޖޫން 3 އާއި 10 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 1 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341420 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

29 ރަޖަބު 1436

18 މޭ 2015
ހޯދާ