މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާރގޯ އޮފީސް" ހިންގަން ދިނުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާރގޯ އޮފީސް"ހިންގަން ދިނުމާއި ބެހޭ

 

       މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި، "ކާރގޯ އޮފީސް" ހަދައި ހިންގަން ބޭނުންވާ ފަރާތްތައް ހޯދައި އެފަރާތްތަކާއި ހަވާލުކުރަން ބޭނުންވެއެވެ. އެގޮތުން، އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތައް އޮފީސް ހަދައި ހިންގަންވާނީ، މިކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގަޮތަށެވެ.  

      މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ތިރީގައި ބަޔާންކޮށްފައިވާ 4 ކެޓަގަރީގެ ތެރެއިން މަދުވެގެން އެއްކެޓަގަރީއިން ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެެއެވެ.  

#

ޝަރުތުހަމަވާ ކެޓަގަރީތައް

Eligible Catergories

ހ

ކާރގޯ އެއަރލައިނެއްގެ ގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

Cargo Airlines registered in the Maldives Civil Aviation Authority (MCAA)

ށ

ކާރގޯ ސޭލްސް  އެޖެންޓެއްގެގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

Cargo Sales Agents (CSA) registered in the Maldives Civil Aviation Authority (MCAA)

ނ

މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ކާރގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

Cargo Brokers (clearing & forwarding agents) registered in the Maldives Customs Service Brokers list

ރ

މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި  ކުރިއަރ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

Courier Agents registered in the Maldives Customs Service Brokers list

       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖުލައި 04 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

       "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖުލައި 11 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 11 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

       ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

27 ޖޫން 2024
ހޯދާ