މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީގައި ގެސްޓް ހައުސް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގެސްޓްހައުސް  ހަދައި ހިންގުމަށް ބ. އޭދަފުށި ލޭންޑްޔޫޒް ޕްލޭންގައި ފާހަގަކުރެވިފައިވާ  މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަކުރެވިފައިވާ 10،000 ( ދިހަ ހާސް އަކަފުޓް )ގެ ދެ ބިން 50 ( ފަންސާސް)  އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، ބ. އޭދަފުށި ކައުންސިލްގެ ފަރާތުން ހުޅުވާލައިފީމެވެ. އަދި ދެ ބިން  ދެ ބިޑް ފޮތެއްގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މިބިންތަކުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އަދި  ގެސްޓް ހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް،  ތިރީގައިވާގޮތުގެމަތިން ބިޑުޕްރޮޕޯސަލް ގަނެ ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބީލަން ފޮތް ވިއްކުން

(ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 15000.00 ރުފިޔާއަށް )

 

01 ޖުލައި 2024 ވާ ހޯމަ ދުވަހުން ފެށިގެން 31 ޖުލައި 2024 ވާ ބުދަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 14:00 އަށް

ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން

މައުލޫމާތު ސާފުކުރުން 

01 އޮގަސްޓް  2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހަށް މެއިލް މެދުވެރިކޮށް

01 އޮގަސްޓް  2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް

ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

 

29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަސް

މެންދުރު 13:00

ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން

 

 މި ބީލަމާއި ގުޅޭ ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ބ. އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ބ. އޭދަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                މި ބިމުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސް ޢިމާރާތްކޮށް، ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.

                ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/15000ރ (ފަނަރަހާސް ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

                ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ޑޮކިއުމެންޓްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 29  އޮގަސްޓް  2024  ދުވަހުގެ މެންދުރުފަހު 13:00 އަށް ބ. އޭދަފުށީ ކައުންސިލްގެ އިދާރާއަށެވެ.

 

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                       

27 ޖޫން 2024
ހޯދާ