ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މާޤާމަށް މީހަކު ހޯދުމަށްޓަކައި 23 މާރިޗު 2015 ގައި ކޮށްފައިވާ މި އިދާރާގެ 253B/2015/33-I ނަންބަރުގެ އިޢުލާނުގައިވާ މަޤާމުގެ ޝަރުޠުތައް އިޞްލާޙުކޮށް، އެ އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި

ދާއިމީ

ރޭންކް

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ / ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ

މުސާރަ

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

01- ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.

02- އިދާރާއާއި އިދާރާއާ ގުޅިފައިވާ ތަންނަނަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަންހޯދައި، ފޯމްތައްހަދައި، އޯޑަކުރުން.

03- ފައިސާ ބަލައިގަތުން.

04- ފައިސާގެ ރަޝީދު ލިޔުން/ ފައިސާ ބަލައިގަތުން.

05- ލިބޭފައިސާ ދުވަހުގެފޮތަށް އެރުވުމާއި، ތިޖޫރީއަށް ޖަމާކުރުމާއި، އައިޓަމް ބާކީއަށް ނެގުން.

06- ޚަރަދުވައުޗަރ ތައްޔާރުކުރުން.

07- ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.

08- ޗެކް ހަވާލުކުރުމާއި، ޗެކް ރަޖިސްޓްރީ ބެލެހެއްޓުން.

09- އިދާރާއަށް ލިބޭ އާމްދަނީގެ ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

10- ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.

11- ފައިސާއާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.

12- ޒަކާތާބެހޭ ކަންތައްތައް،

(ހ) ފަގީރުންނާއި މިސްކީނުންގެ ލިސްޓް ތައްޔާރުކުރުމާއި، ލިސްޓް ފޮނުވަންޖެހޭ ދާއިރާތަކަށް ފޮނުވުން.

(ށ) ފަގީރުންނާއި މިސްކީނުނަށް ބަހަން ލިބޭ ފައިސާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކަމާގުޅޭ ދާއިރާއަކުން އަންގަވާގޮތެއްގެމަތިން ބެހުން.

(ނ) ފައިސާ ހަވާލުކުރިގޮތުގެ ލިޔުން ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

13- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ހަވާލުކުރުން.

14- ކޮންމެމަހެއް ނިމުމުން، އެ މަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

(ހ) ތިޖޫރީ ރިޕޯޓް

(ށ) މުވައްޒަފުންގެ ހާޒިރީ ރިޕޯޓް.

15- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރުކުރުމާއި ފޮނުވުމާއި، ފެކްސްކުރުމާއި، މެއިލްކުރުން.

16- މުވައްޒަފުންގެ ހާޒިރިއާއި، ޗުއްޓީއާއި، ސަލާމުގެ ކަންކަން ބެލެހެއްޓުން.

(ހ) ހާޒިރީފޮތް މުވައްޒަފުން ސޮއިކުރުމަށް ތައްޔާރުކުރުން.

(ށ) މަސްނިމުމުން، ހާޒިރީ ރިޕޯޓް ތައްޔާރުކުރުން،

(ނ) ސަލާމުގައި ނުވަތަ ޗުއްޓީގައި ނުވަތަ އިދާރާގެ ބޭނުމަށް ރަށުންބޭރުގައި ނުވަތަ ހާޒިރުނުވާ މުވައްޒަފުން ޤަވާއިދުން ހާޒިރީގައި ރެކޯޑް ކުރުން.

(ރ) މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް ހަވާލުކުރުން.

17- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

18- ކައުންސިލް އިދާރާއިން ކުރާ ދަތުރުތައް ހަމަޖެއްސުން.

19- މުއާސަލާތާބެހޭ ތަކެއްޗާއި، މެޝިނަރީއާއި އިމާރާތް މަރާމާތުކޮށް ބެލެހެއްޓުން.

20- އިދާރާގެ ކޮންޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގުރާމްތައް ހޯދުން.

21- ކުރިއަށް އޮންނަ އަހަރުގެ ލަފާކުރާ ބަޖެޓުގައި ހިމަނަންޖެހޭ މަޢުލުމާތުތައް ޗެކްކުރުމަށްފަހު، ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން.

22- ފައިލް ކުރުން.

23- މުވައްޒަފުން ލެއްވުމާއި ބަދަލުކުރުމާއި ވަކިކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުން.

(ހ) މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމަށް HRMD ކޮމެޓީން ނިންމާ ގޮތެއްގެމަތިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

(ށ) ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން.

(ނ) ވަޒީފާ ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ދޫކޮށްލުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ރ) މުވައްޒަފުންނަށް ބޭނުންވާ ކުރިއެރުން ހޯދުމަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.

(ބ) ޚިދުމަތުގައިތިބޭ މުވައްޒަފުންނަށް އިތުރަށް ޓްރޭނިންގ ދިނުމާބެހޭ ކަންތައްތައް ރާވައި ހިންގުން

24- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑުލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

25- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

26- މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން، ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަމްރީން

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

24 މޭ 2015 އާއި 28 މޭ 2015 އާ ދެމެދު މާރަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، 2015 މޭ 20 ވާ ބުދަ ދުވަހުގެ 14.30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

އުޖޫރައާއި އިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.) (ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) މި މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލްކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

8- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނަށެވެ.  ފެކްސް ނަންބަރަކީ 6500061 އެވެ.

 މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

22 ރަޖަބު 1436

11 މޭ 2015
ހޯދާ