ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުން

                            

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2024/30

ތާރީޚް

‏ 19 ޛުލްޙިއްޖާ 1445

 26  ޖޫން   2024

މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުން

         މިކައުންސިލުން ތަކެތި ދިނުމުން މިމިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަގުތަކާއި ބަނދަރުގައި ޖަހާފައިތިބި މަގުބައްތިތައް މަރާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

          ވީމާ،މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމާއި،ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

2024/07/08

ހޯމަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

2024/07/11

ބުރާސްފަތި

13:00

 

 

       އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

                                                          ޙަސަން ޢަބްދުﷲ

                                                         ކައުންސިލްގެ ރައީސް

26 ޖޫން 2024
ހޯދާ