ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ތެރަޕީ އެސިސްޓެންޓް

 

 

 

ނަންބަރު: HMH | IUL | 2024 |090  

ވަޒީފާގެ ފުރުޞަތު

 

މަޤާމު

ތެރަޕީ އެސިސްޓެންޓް

ބޭނުންވާ އަދަދު

 01 ( އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ޑިސްއެބިލިޓީ އެންޑް ރިހެބިލިޓޭޝަން މެނޭޖްމެންޓް ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު -/1563 ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

3. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އުސޫލުން، ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑިސްއެބިލިޓީ އެންޑް ރިހެބިލިޓޭޝަން މެނޭޖްމެންޓް ސެންޓަރއަށް ފަރުވާ ހޯދުމައް ސެންޓަރަށް  އަންނަމީހުނަށް އޯގާތެރިކަމާއި ހިނިތުންވުމާއިއެކު މުޢާމަލާތުކުރުމާއި ( އެމީހަކު އައި ބޭނުމަކާ ގުޅޭގޮތުން ) މަގުދައްކައިދީ އެހީތެރިވުން.
  2. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ތެރެޕިސްޓަށް އެހީތެރިވެދިނުން
  3. ކިޔޫއިން ސިސްޓަމާއި ފޯނު ސިސްޓަމްގައި މައްސަލައެއް ޖެހިފައިވާނަމަ އަންގަންވާފަރާތްތަކައް އަންގައި ހައްލުކުރުން.
  4. މެޑިކަލް ރެކޯޑްސްއަށް ބޭނުންވާ ލިޔެކިޔުންތަށް ފުރިހަމަ ވެފައި ވޭތޯޗެކްކުރުން އަދި ދުވަހުން ދުވަހަށް ލިޔެކިޔުންތަށް ފޮނުވުން
  5. ފަރުވާ ހޯދުމަށް އައިސްތިބޭ ބަލިމީހުންނަށް އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ އަންގަންވާފަރާތްތަކައް އަންގައި  އެކަމެއްހައްލުކުރުން.
  6. ކައުންޓަރައް އަންނަ ފޯންކޯލް ތަކައް ޖަވާބުދީ، ޕާސްކުރަންޖެހޭ ކޯލްތައް ޕާސްކުރުން އަދި މައުލޫމާތު ސާފުކޮއްދިނުން.
  7. އެޕޮއިންޓްމަންޓް ހޯދުމަށާއި ކެންސަލްނަންބަރު ހޯދުމަށް ކިޔުގައިތިބޭމީހުންނަށް މައުލޫމާތުދީ ކިޔުތަރުތީބުކުރުމާއި ކިޔުގެމަސްލަހަތު ނުގެއްލޭގޮތައް ގޮނޑި ބަރި ތަރުތީބުން ނަންބަރުބެހުމާއި ފްލޯގައި ހަރަކާތްތެރިވުން.
  8. ޑިއުޓީގައި ދިމާވާ މައްސަލަތަށް ނޯޓްކޮށް ޙައްލު ކުރެވޭކަންތައްތައް ޙައްލުކުރުމަށްފަހު ނުކުރެވޭކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެމަތިން ޙައްލުކުރަމުން ދިއުން.
  9. ސެންޓަރަށް ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް އެޕޮއިންޓްމަންޓް ފޯނަށާއި ކިޔުއަށް ހަދައިދިނުން .
  10. ސެންޓަރަށް އަންނަ ބަލިމީހުން ބޭނުންވާ ޚިދުމަތްތަކުގެ އަގު ނަގައި ކްރެޑިޓް ކުރަންޖެހޭ މެމޯތައް ކްރެޑިޓްއެކައުންޓް ތަކައްލުން .
  11. ކޮންމެޑިއުޓީއެއްވެސް ނިމުމުން ކޭޝްރިޕޯޓް ޗެކްކޮއް ސޭވްކުރުމަށްފަހު ލިބުނުފައިސާ އާއި ކްރެޑިޓް ސްލިޕްތަކާއި ކެންސަލްކުރެވުނު މެމޯތައް ފޮތުގައި ލިޔެ ޖެހިގެން އަންނަޑިއުޓީ އިންޗާޖާއި ހަވާލުކުރުން.
  12. ލިބޭ ފައިސާއާއި ކްރެޑިޓް ސްލިޕްތަކާއި، ކެންސަލްކުރެވުނު މެމޯތަކާއި ރިޕޯޓްތައް އެއްޑިޔުޓީއިން އަނެއްޑިޔުޓީއަށް ފޮތުގައި ލިޔެ ދެން އެންމެ އަވަހަށް ދިމާވާ ރަސްމީގަޑީގައި ފައިސާއާއިބެހޭ ބަޔަށް ހުރިހާ ތަކެއްޗެއް ޙަވާލުކުރުން.
  13. ތެރަޕީދެވޭ މީހުންގެ ރަޖިސްޓްރޭޝަން ބަލަހައްޓާ ދުވަހުން ދުވަހުން އަޕްޑޭޓް ކުރުން
  14. ސްޓޯރަށް ފޮނުވަންޖެހޭ އިންޑެންޓް ފޯމް ތައްޔާރު ކުރުމާއި ސްޓޯރުން ތަކެތި ނަގާދުވަހު އިންޑެންޓް ފޯމް ސްޓޯރަށް ފޮނުވުން.
  15. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން. 

މަޤާމުގެ ޝަރުތު

 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް'  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ހުޅުމާލެ ހޮސްޕިޓްލުގެ ކޮވެލި ބިލްޑިންގުގެ 4 ވަނަ ފަންގިފިލާ) އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

 

 

 

 

25 ޖޫން 2024
ހޯދާ