ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކޯޓު އޮފިސަރ

އިޢުލާން

 މަޤާމް: 

 ކޯޓު އޮފިސަރ ( ދާއިމީ )

 ބޭނުންވާ އަދަދު:  

 01  (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 ޖީ.އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގުރޭޑް 1

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް

 މުސާރަ:

 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

 އެހެނިހެން އެލަވަންސް:

  • ސަރވިސް އެލަވަންސް: 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)
  • ލިވިންގ އެލަވަންސް: 2550.00 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް: 1562.75 ފަނަރަ ސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ހަތްދިހަ ފަސް ލާރި (އަސާސީ މުސާރައިގެ %35)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 މަޤާމުގެ މައިގަނޑު   މަސްޢޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ކިޔަމަންތެރިވެ ޤަވާޢިދުން ވަޒީފާއަށް ޙާޟިރުވުން.
  2. ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކޯޓުތަކުން ކުރެވޭ އަދި ދެމުން ގެންދާ ޚިދުމަތް ދިނުމުގައި އަބަދުވެސް ދެމިހުރުން.
  3. ވަޒީފާގެ މަސްޢޫލިއްޔަތު އަދާ ކުރުމުގައިއާއި ވަޒީފާގެ ގޮތުން ޙަވާލު ކުރެވިފައި ވާ ލިޔެކިޔުންތަކާއި ތަކެއްޗަށް އަމާނާތްތެރިވެ ސިއްރު ހިފެހެއްޓުން.  
  4. މައްސަލަ ހުށަހަޅާ ފޯމުތައް ބަލަހައްޓައި ދޫކުރުން.
  5. ހުށަހެޅޭ މައްސަލަ ފޯމުތައް ކައުންޓަރުން ބަލައިގަނެ ޗެކްކޮށް އެންޓްރީ ކުރުން.
  6. ޤަޟިއްޔާ ދަފްތަރު ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. މައްސަލަ ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ޝަރީޢަތް ހިންގުމަށްޓަކައި އަޅަންޖެހޭ އިދާރީ އެންމެހައި ފިޔަވަޅުތައް އަޅައި ރެކޯޑު ބެލެހެއްޓުން.
  9. ޝަރީޢަތުގެ މަޖިލީހުގެ އިންތިޒާމް ހަމަޖެއްސުން.
  10. ޝަރީޢަތުގެ ރެކޯޑިންތަކާއި ލިޔެކިޔުން ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  11. ޝަރުއީ ސެކްޝަނަށް ބޭނުން ވާ ތަކެތި ހޯދުމަށް ރިކްއެސްޓް ކުރުން.
  12. އެހެން ކޯޓުތަކުގެ ޝަރީޢަތުގެ މަޖިލިސް ހިންގުމުގެ އިންތިޒާމް ހަމަޖެއްސުން.
  13. ރެކޯޑިންގ އަޑުއަހައިގެން ބަޔާން ލިޔުމާއި އެ ތަކެތި ރައްކާތެރިކަމާއިއެކު ދިގު މުއްދަތަކަށް ހުންނާނެހެން ބެލެހެއްޓުން.
  14. ޝަރީޢަތަށް ޙާޟިރު ކުރެވޭ މީހުން ކޯޓުތެރޭގައި މެނޭޖް ކުރުން.
  15. ޝަރީޢަތުގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުން.
  16. ޝަރުޢީ ސެކްޝަނުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ހަދައި ފޮނުވަންޖެހޭ ތާރީޚްތަކަށް ފޮނުވުން.
  17. ދިވެހި ފުލުހުން ނެރެދިނުމަށް އެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރުން.
  18. ޝަރުޢީ ސެކްޝަނުގެ ޚިދުމަތުގެ ތަފާސްހިސާބު ބެލެހެއްޓުން.
  19. ކޯޓުގެ އިދާރީ އެންމެހައި މަސައްކަތް ކުރުން.
  20. ކޯޓުގެ ފައިސާގެ މަސައްކަތް ހަވާލު ކުރެވޭ ޙާލަތްތަކުގައި އެ މަސައްކަތްތައް ކުރުން.
  21. އެހެން މަޤާމްތަކުގެ މަސައްކަތްތައް ޙަވާލު ކުރެވޭ ޙާލަތްތަކުގައި އެ މަސައްކަތްތައް ކުރުން.
  22. ޝަރުޢީ ޙުކުމްތަކާއި ގުޅިގެން ބަނޑޭރިޕޭ މެދުވެރިކޮށް ދައްކާ ފައިސާގެ ރެކޮޑު ބެލެހެއްޓުމާއި 

 ޕޭމަންޓް ވައުޗަރ ހެދުމުގެ މަސައްކަތް ކުރުން.

  • މީގެ އިތުރުން ވެރިން އަންގާ ކޯޓުގެ މަސައްކަތާއި ގުޅޭ ކޮންމެ މަސައްކަތެއް ކުރުން.

 މަޤާމުގެ ޝަރުތުތައް:

 

 

  1. ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާ އިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

 މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުތުގެ ބައިގައި ހިމެނުމުގެ ގޮތުން ތިރީގައި އެ ވާ ދާއިރާތައް ފާހަގަކުރަމެވެ.

 މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / ޝަރުޢީ އަދި ޤާނޫނީ

 

 ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން

  1. ހިއުމަން ރިސޯސް
  2. މެނޭޖްމަންޓް
  3. އެކައުންޓިންގ އެންޑް ފައިނޭންސް
  4. ބޭންކިންގ
  5. ފަބްލިކް އެކައުންޓިންގ
  6. ޤާނޫނީ ދާއިރާ

 އެހެނިހެން ޝަރުތު:

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

 2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ ނުވަތަ ފަނޑިޔާރެއްގެ ގާތްތިމާގެ މީހަކު ކަމުގައި   ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

 2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ   ދޮންބައްފަގެ ދަރިން)؛

 2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

 2.5. އަނބިމީހާ ނުވަތަ ފިރިމިހާ؛

 2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ   މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

 2.7. މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ   ހިމެނޭ ގޮތަށް)؛

 2.8. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

 2.9. ދެބޭންގެ ދެދަރި މީހަކު ކަމުގައި ނުވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމް. (މި ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް   އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓު (https://ga-dhaandhoo.courts.gov.mv)   އިންނާއި، ކައުންޓަރުންނާއި އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

 www.judiciary.gov.mv

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް ހިމެނޭ ގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް   ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް،   ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސްގެ ކޮޕީ.

 4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ   ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން   ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު   ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ   އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ   ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ   އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު   މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ   ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި   އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ   "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 ވަޒީފާއަށް އެންމެޤާބިލް   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

 މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި   މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ.   މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:

 - އަސާސީ ޝަރުޠު ހަމަވުން  %30

 - އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

 - އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: %5

 - އިމްތިހާން ނުވަތަ ޕްރެކްޓިކަލް: %25

 - އިންޓަވިއު: %30

 - ކޮމްޕިއުޓަރ އެޑިއުކޭޝަން ލިބިފައިވާ މިންވަރު

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 ކުރިން ގއ. ދާންދޫ   މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި  ލިޔުންތައް  މި ކޯޓުގެ އީ-މެއިލް          info@ga-)(dhaandhoo.court.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި، އިޢުލާނުގެ ސުންގަޑި   ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް   ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ޝޯޓްލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ   ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 އިންޓަރވިއު އަދި   ޕްރެކްޓިކަލް އޮންނާނެ   ތަނާއި މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ 2024 ގެ ޖުލައި މަސް  ނިމުމުގެ   ކުރިން ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގައިއެވެ.

 އިންޓަރވިއު ކުރެވޭނީ އިމްތިހާނުގެ މުޅި ޖުމްލަ މާރކްސް %50 ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

 ވަޒީފާއަށް   ކުރިމަތިލީފަރާތްތަކަށް   ޕޮއިންޓުލިބުނު ގޮތުގެ   ޝީޓް (A2 ޝީޓް)   އާންމުކުރުން

 ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)"   އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ   ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ   ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 - މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820042 އަދި 6820041 އަށެވެ. އީ-މެއިލް ކުރާނީ

 [email protected] އަށެވެ.

 - މި އިއުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް ((pdf ފޯމެޓުގައި ފޮނުވާ   ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް   ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 - އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން   އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 - މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު   ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

26 ޖޫން 2024
ހޯދާ