މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމްގެ މަރާމާތް

އައުޓްޑޯ ޖިމްގެ މަރާމާތާއި ބެހޭ: 

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު އައުޓްޑޯ ޖިމްގައި ކުރަންހުރި ބައެއްކަހަލަ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)366/2024/39 ގެ އިޢުލާނާއިގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓަރީ ކުރުން.

ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 1 ޖުލައި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބިޑު ހުށަހެޅުމާއި، ހުޅުވުން.

 ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 08 ޖުލައި 2024 ވަނަ ދުވަހު 13:30 ގައި މިއިދާރާގައެވެ. މެއިލް މެދުވެރިކޮށް ބިޑުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ  މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

25 ޖޫން 2024
ހޯދާ