މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށައިފާރުރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެފަރާތެއް ހޯދުމަށް

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށައިފާރުރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓްގެ ވަށައިފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 12 މާރިޗު 2015 ގައި މިކޯޓުންކުރި އިޢުލާން ނަންބަރު: K5C/2015/07 އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓްގެ ވަށައިފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މޭ 2015 ވާ ބުދަ ދުވަހު 11:00 އަށް މި ކޯޓަށް ނުވަތަ މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މޭ 2015 ވާ އަންގާރަ ދުވަހު 11:00 އަށް މިކޯޓަށް ނުވަތަ މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ