މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙުގެ ސީ ބްލޮކް އިމާރާތް ތަޅާލުމާއި އުކާލަންޖެހޭތަކެތި އުކާލާ، ރައްކާކުރަންޖެހޭތަކެތި މިމަދްރަސާއިން ދައްކާ ތަނެއްގައި ރައްކާކޮށްދީ ބިން ސާފުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • ·        މަދްރަސަތުލް އިފްތިތާޙުގެ ސީ ބްލޮކް އިމާރާތް ތަޅާލުމާއި އުކާލަންޖެހޭތަކެތި އުކާލާ، ރައްކާކުރަންޖެހޭތަކެތި މިމަދްރަސާއިން ދައްކާ ތަނެއްގައި ރައްކާކޮށްދީ ބިން ސާފުކުރުން
  1. މަދްރަސަތުލް އިފްތިތާހުގެ ސީ ބްލޮކް އިމާރާތް ތަޅާލާ ބިންސާފުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.  މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 27 ޖޫން 2024 އިން 03 ޖުލައި 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:shorturl.at/ijBLS 

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖުލައި 02 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖުލައި 09 ވަނަ ދުވަހުގެ 13:00 ގައިމަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
  3. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަދްރަސަތުލް އިފްތިތާޙް

އިފްތިތާހީމަގު، ޅ.ނައިފަރު   

ފޯން:  6620288

އީމެއިލް: [email protected]  

18 ޛުލްޙިއްޖާ 1445

25  ޖޫން    2024  

25 ޖޫން 2024
ހޯދާ