އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރަށުތެރެ ފޮގްކުރުމާ ބެހޭ

އިޢުލާން

ރަށުތެރެ ފޮގްރުމާ ބެހޭ:

               މަދިރީގެ ޒަރިއްޔާއިން ޖެހޭ ތަފާތު ބަލިތައް މިއަވަށުގައި ދަނީ އިތުރުވަމުންނެވެ. މި ފަދަ ބަލިތަކުން ސަލާމަތްވުމަށް ރަށުތެރޭގައި މަދިރި މަދު ކުރުމުގެ ޕްރޮގްރާމް ސިލްސިލާކޮށް ކުރިޔަށް ގެންދިޔުމަށް މިއޮފީހުން ވަނީ ފަށާފައެވެ. އެގޮތުން މޫސުން ތަންދޭ ނަމަ، އަވަށުގެ އެކި ސަރަޙައްދުތަކަށް ފޮގް ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިޔަށް ދާނެއެވެ. ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

19 ޛުލްޙިއްޖާ 1445

25 ޖޫން 2024

25 ޖޫން 2024
ހޯދާ