ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.

ގައްދޫގައި މާރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭނެ ފަރާތްތަށް (ވަގުތީ) / ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: ޖަމާޢަތްތެރިން ފިރިހެން (ވަގުތީ / ވޭޖް އުޞޫލުން)

އުޖޫރަ:

  1. ހިނަވާ ކަފުންކުރާ މީހުން: ހިނަވާ ކަފުންކުރާ ކޮންމެ މައްޔިތަކަށް 300/-
  2. ހިނަވާމީހާގެ އެހީތެރިޔާ: ހިނަވާ ކަފުންކުރާ ކޮންމެ މައްޔިތަކަށް 250/-
  3. ކަށުނަމާދު ކުރާ މީހާ: ކޮންމެ މައްޔިތަކަށް 200/-
  4. ވަޅުކޮންނަ މީހާ: ކޮންމެ މައްޔިތަކަށް 350/-
  5. ވަޅުކޮންނަ މީހާގެ އެހީތެރިޔާ: ކޮންމެ މައްޔިތަކަށް 350/-

ޝަރުތު:

ހިނަވާ ކަފުންކުރާ މީހުން: ހިނަވާ ކަފުން ކުރުމުގެ މަސައްކަތް ރަގަޅަށްދަނެ އެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުމާއިއެކު މަސައްކަތުގެ ތަޖްރިބާ ރަގަޅަށް ލިބިފައިވުން

ހިނަވާމީހާގެ އެހީތެރިޔާ: ހިނަވާ މީހާގެ އެހީތެރިޔާގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުމާއިއެކު މަސައްކަތުގެ ތަޖްރިބާ ރަގަޅަށް ލިބިފައިވުން

ވަޅުކޮންނަ މީހާ / ވަޅުކޮންނަ މީހާގެ އެހީތެރިޔާ: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ގައްދޫގައި މަރުވާ މީހުން އެމީހުންގެ އާއިލާގެ މީހުން އެދޭގޮތެއްގެ މަތިން ހިނަވާ ކަފުންކުރުމާއި އެކު ކަށުނަމާދަށްފަހު ވަޅުލުން

ވަޒީފާއަށް އެދި ހުށައަޅާ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ސިޓީ
  • އައިޑީ ކާރޑް ކޮޕީ
  • ގުޅުންހުރި ދާއިރާއަކުން ކޯސްފުރިހަމަ ކޮށްފައި ވާނަމަ ސެޓިފިކެޓްތަކުގެ ކޮޕީ

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

 މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށައެޅުންވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 778779 ނުވަތަ 6840003 މި ނަންބަރަށް ގުޅުންވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

 

 

25 ޖޫން 2024
ހޯދާ