ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ސްކޫލުގެ މައި ގޭޓް މަރާމާތުކުރުން.

މި އިޢުލާންވަނީ 25 ޖޫން 2024 19:12 ގައި ބާތިލް ކުރެވިފައެވެ.


 

 

ސްކޫލުގެ މައި ގޭޓް މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް.


     ތާރީޚް: 25 ޖޫން 2024                           ނަންބަރ : GS.38/2024/06 (IUL)

 

އިޢުލާން   

 

 

މި ސްކޫލުގެ މައި ގޭޓް  މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.

 

            މި ސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މި ސްކޫލުގެ މައި ގޭޓް އަމިއްލަތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެހަށް ([email protected]  ) ފޮނުއްވައި ނުވަތަ މި ސްކޫލުގެ 6700026 ނަންބަރާއި ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.

           26 ޖޫން 2024 ވާ ބުދަ ދުވަހުން ފެށިގެން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

09 ޖުލައި 2024

ހޯމަ

މަޢުލޫމާތު ސާފްކުރުން

13:00ހެނދުނު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

14 ޖުލައި 2024

އާދީއްތަ   

އަންދާސީ ހިސާބްހުށަހެޅުން

13:00މެންދުރު

ވ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

  • މި މަސައްކަތްކުރުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  • ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

  •   ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

  •  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

  • މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

 

  •   މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6700026   ފޯނަށް 26 ޖޫން 2024އިން 11 ޖުލައި 2024އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  •  މި ސްކޫލުގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ.
  •  މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ޖޫން 2024

25 ޖޫން 2024
ހޯދާ