މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އެސިސްޓެންޓް

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ޕްރޮގްރާމް އެސިސްޓެންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ޕްރޮގްރާމް އެސިސްޓެންޓެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ޕްރޮގްރާމް އެސިސްޓެންޓްގެ މަސައްކަތަކީ، މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ އެޑްމިނިސްޓްރޭޓިވް އަދި ސެކްރެޓޭރިއަޓް މަސައްކަތްތައް ވާރލްޑް ބޭންކުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

-  ބިޒްނަސް/ މެނޭޖްމަންޓު/ ކޮމަރސް/ ފިނޭންސް/ ލޯ/ ޕްރޮކިއުމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން

-  ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  ދާއިރާގައި މަދުވެގެން ތިން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-  ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތިމާވެށީގެ ރޮނގުން ފާހަގަކުރެވޭ ކަންތައްތަކުގެ މަޢުލޫމާތު އެނގިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

-  ވާރލްޑް ބޭންކުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މީގެއިތުރުން ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި މަޝްރޫޢު އަމާޒުކުރެވޭ ސަރަޙައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ ކޮންސަލްޓެންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް، ޖަނަވަރީ 2011 އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭ ފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/10,000 ރުފިޔާއާއި -/15,000 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ސައުވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 01 ވަނަ ދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 2015 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން އެދެމެވެ.

    ޕްރޮޖެކްޓް މެނޭޖަރ

    ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

    މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

    ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

    ފޯނު: 3018419 960+، ފެކްސް: 3018301 960+

    އީމެއިލް: [email protected]

14 މޭ 2015
ހޯދާ