ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރ ގޭޓް ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުން

ޕަވަރގޭޓް ޕިކަޕް ނީލަން ކިޔުން:

މި އިދާރާގައި ބޭނުން ކުރަމުންދިޔަ ބައު ވެފައިވާ 2 ޓަނުގެ  ޓޮޔޯޓާ KK-BU301-TQMMS ބްރޭންޑްގެ ޕަވަރގޭޓް ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

ބްރޭންޑް

މޮޑެލް ނަންބަރު

ޓަނޭޖް

ނީލަން ފެށޭ އަގު

TOYOTA

KK-BU301-TQMMS

2 TON

70,000 ރުފިޔާ

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 25 ޖޫން 2024 ވާ އަންގާރަ ދުވަހުން ފެށިގެން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ބަޔާންކޮށް ސިޓީ ހުށަހެޅުއްވުން އެދެވެ. ނީލަމާއި ގުޅިގެން ހުށަހެޅޭ ސިޓީތައް ބަލައިގަތުން ކުރިއަށް ދަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށެވެ. އަދި ނީލަމާއި ގުޅިގެން ކޮންމެ ދުވަހެއްގައިވެސް ހުށަހެޅޭ އެންމެ މަތީ އަގު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލްގެ ނޯޓިސް ބޯޑާއި، ވައިބަރ ކޮމިއުނިޓީގައި ޙިއްސާ ކުރެވޭނެއެވެ. ނީލަން ކާމިޔާބު ކުރެވޭނީ ސުންގަޑި ހަމަވާއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށެވެ. އަދި ހަމައެއާއެކު ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 5 ދުވަސް ތެރޭގައި ނީލަން ކިޔުނު ޕިކަޕްގެ ފައިސާ މިއިދާރާއަށް ދެއްކެވުމަށްފަހު ޕިކަޕާއި ޙަވާލުވާންވާނެއެވެ. މި މުއްދަތުގައި ޕިކަޕް ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް ޕިކަޕް އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަން ކާމިޔާބު ކުރެއްވުމަށްފަހު ޕިކަޕް ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ.

 

25 ޖޫން 2024
ހޯދާ