މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކާ ފަރާތްތަކާއި ދަނޑުވެރިންނަށް ބައްދަލުކުރުން

       ޤަވާޢިދު ނަންބަރު 2024/R-41 (ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓްރީ ކުރުމުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ) އިން މިއިދާރާއަށް ލިބިދޭ ބާރުގެ ދަށުން، އިސްވެ ދެންނެވުނު ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ވަގުތީ ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގައި ދަންނަވަމެވެ.

މި ޤަވާޢިދުގެ ދަށުން ބިން ދޫކުރުމަށްޓަކައި އުސޫލު އެކުލަވައިލުމުގެ މަރުހަލާގައި، ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވާކަމުގައި ދަންނަވަމެވެ. އެހަންކަމުން މިފަދަ ފަރާތްތަކާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމުގައިވެސް ދަންނަވަމެވެ.   

މިރަށުގެ އެކި ބިންތައް މަސްކައްކާ ހިއްކުމަށާއި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމަށް ކައުންސިލުން ބޭނުންވާތީވެ، މި ފަރާތްތަކާއި އެކު ބައްދަލުކުރުމަށް 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކައުންސިލް އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

24 ޖޫން 2024
ހޯދާ