މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
"ދަނޑުވެރި ނަފާ" އެގްރިބިޒްނަސް މެޗިންގ ގްރާންޓުން ޕްރޮޕޯސަލް ހުށަހަޅާއިރު ގާއިމްކުރާ ގްރީންހައުސްގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (މެޕް) އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮގްރާމަކީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ އަދި ވަޞީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ(ހއ،ހދ އަދި ށ) ގެ26 ރަށަކަށެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގެ މަޤްޞަދުގެ ތެރޭގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށްދިނުމަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ހުޅުވާލެވިފައިވާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދަނޑުވެރިކަން ކުރާ ވަކި ފަރުދުން، ކޯޕަރޭޓިވްސް، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތް، ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި މި ހިލޭ އެހީ ސްކީމްގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، ދަނޑުވެރިކަމުގެ ވިޔަފާރީގެ ބާޒާރު ކުރިއަރުވައި، ތަރައްޤީކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން މިޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި އަމާޒުކުރެވިފައިވަނީ ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރިކަމުގެ ބާވަތްތައް ގްރީން ހައުސްގައި ހެއްދުމަށެވެ.

މިގޮތުން މިދެންނެވުނު އެގްރިބިޒްނަސް މެޗިންގ ޕްރޮގްރާމްއިން ދޭ ހިލޭ މާލީ އެހީގެ ޕްރޮގްރާމް "ދަނޑުވެރި މަންފާ ޕްރޮގްރާމްގެ" ފުރަތަމަ ފިޔަވަހި ވާނީ މި މިނިސްޓްރީން އިޢުލާން (ނަންބަރު  (IUL)492-MAP/492/2024/81) ކޮށްފައެވެ.  އަދި މިދެންނެވުނު "ދަނޑުވެރި މަންފާ" ޕްރޮގްރާމަށް އެދި ޕްރޮޕޯސަލް ހުށަހަޅާއިރުގައި ޤާއިމްކުރާ ގްރީންހައުސްގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް މި އިޢުލާނާއިއެކު އާންމުކުރަމެވެ.

 

24 ޖޫން 2024
ހޯދާ