ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިިނިވަން ދުވަހަށް ތައްޔާރުކުރާ ފުޅަނދު ހެދުމަށް ބޭނުންވާ 17 ފޫޓުގެ 02 ޕިކަޕު ކުއްޔަށްހިފުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                                                                                                                           

                                                                                އިޢުލާން ނަންބަރ: H/IUL/2024/130

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

މި ކުންފުނިން މިނިވަން ދުވަހަށް ތައްޔާރުކުރާ ފުޅަނދު ހެދުމަށް ބޭނުންވާ 17 ފޫޓުގެ 02 ޕިކަޕު ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2024 ޖޫން 26 ވާ (ބުދަ) ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފްޞީލް:

އަގަށް: 100 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×100

 

- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މި މަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
                     

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2024/130

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖޫން 27 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީސް، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

18 ޛުލްޙިއްޖާ 1445

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި  ސްޓެލްކޯ  ގެ  މުވައްޒަފަކާއި  ދެމެދު، ވިޔަފާރީގެ ނުވަތަ ތިމާގެކަމުގެ އެއްވެސް ގުޅުމެއް އޮތްކަމުގައި ވާނަމަ، އެފަރާތެއްގެ ބީލަން ބާތިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 

 

24 ޖޫން 2024
ހޯދާ