އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމުގެ ރޭންކް:

ޖީ.އެސް.2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ސެކްޝަން / ޔުނިޓު

އެޑްމިން އެންޑް ފައިނޭންސް / ޕްރޮކިޔުމަންޓް ޔުނިޓް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ނުވަތަ،

  1. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ނުވަތަ،

  1. ސާނަވީ ތަޢްލީމް ފުރިހަމަ ކުރުމަށްފަހު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހަށް ބޭނުންވާ މުދަލާއި ޚިދުމަތްތަކުގެ ތެރެއިން ކޯޓޭޝަން ހޯދައިގެން މުދަލާއި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް  ކުރުމާއި އަދި އެކަންކަން ވިލަރެސްކޮށް ރެކޯޑް ބަލެހެއްޓުން.
  2. ސެޕް ސިސްޓަމުން "ޕާރޗެސް އޯޑަރ" ކްރިއޭޓްކުރުމާއި "ޕާރޗެސް އޯޑަރ" ދަފްތަރެއް ހަދައި އެ އެދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ބީލަމަށް ލައިގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ބީލަންތަކުގެ އިވެލުއޭޝަން ހެދުމާއި އިވެލުއޭޝަން ރިޕޯޓްތައް ޗެކްކުރުން.
  5. އޮފީހަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުންތައް އެކުލަވާލުން.
  6. ޕާރޗޭސް އޯޑަރތަކާއި، ޑެލިވަރީ ނޯޓްތަކާއި އަދި ލިބޭ ބިލްތަކާއި އަޅާކިޔައި ދިމާވޭތޯ ކަށަވަރުކުރުމަށްފަހު 3 ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ދެއްކުމަށް ބަޖެޓް ޔުނިޓަށް ފޮނުވުން.
  7. އަހަރީ ރިޕޯޓް އަދި ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެކުލަވާލައި ކަމާގުޅޭ ސެކްޝަންތަކަށް ފޯރުކޮށް ދިނުން.
  8. ބޭސްލައިން ބަޖެޓަށް ރިޔާއަތްކޮށް ޕްރޮކިއުމަންޓް ޕްލޭން އެކުލަވާކުމުގައި ސެކްޝަންގެ އެންމެ އިސްފަރާތަށް އެހީތެރިވުން.
  9. ގަވާޢިދުން ކޮންމެ މަހަކު ޕްރޮކިއުމަންޓް މަޢުލޫމާތު ހާމަކުރުން.
  10. އޮފީސް އިމާރާތާއި އޮފީހުގައި ބޭނުންކުރާ ހަރުމުދަލާއި ފަރުނީޗަރު މަރާމާތުކުރުން.
  11. އޮފީހުގެ އިސްވެރިން އަދި މުވައްޒަފުންގެ ރަސްމީ ދަތުރުތަކުގެ އެންމެހައި ކަންތައްތައް ކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

-          އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ

-          ސަރވިސް އެލަވަންސް: (މަހަކު) -/3،000 ރުފިޔާ

-          ލިވިންގ އެލަވަންސް: (މަހަކު) -/3،000 ރުފިޔާ

-          އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-          އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

-          މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-          ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-          ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-          ޕްރޮކިޔޯމަންޓް ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރު

-          ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

-          މުޢާމަލާތު ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

 - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

30 ޖޫން 2024 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

 ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

24 ޖޫން 2024
ހޯދާ