ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގެ ފަނޑިޔާރުކަން ކޮށްދިނުމުގެ ފުރުޞަތު

މިސެންޓަރުގެ ނަންބަރު (IUL)177/1/2024/3 (28 ފެބްރުއަރީ 2024) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024 ގެ ފަނޑިޔާރުކަން ކުރުމުގެ ފުރުޞަތު ހުޅުވާލެވުނު ނަމަވެސް ސީވީ ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް ހުށަހަޅާ ޑްރާމާތައް ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ފަނޑިޔާރުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށެވެ. އަދި މިމުބާރާތަށް ހުށަހަޅާ ޑްރާމާއެއްގެ އެއްވެސް މަސައްކަތެއްގައި އުޅެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. ފަނޑިޔާރުކަން ކޮށްދިނުމަށް ހަމަޖެހިފައިވާ ކެޓަގެރީތައް ތިރީގައި އެވަނީއެވެ.

 

-          ޑްރާމާ

-          ޑައިރެކްޓިންގ

-          އެކްޓިންގ

-          ސްކްރީންޕްލޭ

-          ސިނަމެޓޮގްރަފީ

-          އެޑިޓިންގ

 

ވީމާ، މިމުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ޕްރޮފައިލް / ސީވީ އާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3313456 އާއި ގުޅުއްވުން އެދެމެވެ.

24 ޖޫން 2024
ހޯދާ