މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެސް1)

 

ނަންބަރު:IUL)219-CS/01/2024/14)

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-211691

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

(އެމް. އެސް 1) 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކ. މާލެ

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

2000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • މީޑިއާ ކައުންސިލް އެލަވަންސް: (މުސާރައިގެ 35 ޕަސެންޓް)
  •  ސަޕޯޓިންގ ކޯ އެލަވަންސް1: (-/700 ރުފިޔާ)
  •  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

   މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ މުދަލާއި ފައިސާއާއިބެހޭ ޤާވާޢިދާއި މާލިއްޔަތު ޤާނޫނާއި ޤަވާއިދުގައިވަ ގޮތުގެ މަތިން، ފައިސާއާބެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިސާ ބަޖެޓުން ޚަރަދުކުރުމާއި، އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހާ މުޢާމަލާތްތައް ހިންގާ ބެލެހެއްޓުން.

 

  1. ކޮންމެ އަހަރަކު ކައުންސިލުން ތައްޔާރު ކުރަންޖެހޭ ބަޖެޓް ފައިނޭންސް ކޮންޓްރޯލަރގެ ލަފާގެ މަތިން ތައްޔާރުކުރުން.

 

  1. މުވައްޒަފުންނަށް މުސާރައާއި، އެލަވަންސްއާއި އެހެނިހެން ފައިސާ ޤަވާޢިދުން ދިނުމުގެ ކަންތައް ކުރުން.

 

  1. ބިޑްކޮށްގެން ހޯދާ ޚިދުމަތާއި ތަކެތި މާލިއްޔަތު ޤާނޫނާ އެއްގޮތަށް ހޯދައި ބިޑް ކޮމެޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން. (އެގްރީމެންޓް ހެދުމާއި ސޮއިކުރުވުން.)

 

  1. ފައިސާ ޚަރަދުކުރުމުގެ ވައުޗަރއާއި، ވައުޗަރ ރަޖިސްޓްރީ އަދި ޗެކް ރަޖިސްޓްރީ ބަޖެޓް ބަލަހައްޓާ މުވައްޒަފަކުލައްވާ ތައްޔާރުކޮށް އެތަކެތި ޗެކް ކުރުން.

 

  1. ކައުންސިލަށް ބޭނުންވާ ތަކެތި ހޯދުމަށް ފޮނުވާ ޕީއޯތައް ތައްޔާރުކޮށް ކައުންސިލްގެ ޑޭޓާ ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

  1. ކޮންމެ އަހަރަކަށް ލަފާކުރާ މީޑިއާ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް ލަފާކުރާ ބަޖެޓް އެމިނިސްޓްރީއަށް ފޮނުވުން.

 

  1. ކޮންމެ މަހަކު ތައްޔާރުކުރަންޖެހޭ މަންތްލީ ރިޕޯޓް ހަދައި މާލީ ޒިންމާދާރުވެރިޔާގެ ސޮއި ހޯދުމަށފަހު ސެޕް ސިސްޓަމްއިން އަޕްޑޭޓް ކުރުން.

 

  1. ކައުންސިލްގެ އިމާރާތުގައި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގެ އެންމެހާ މަސައްކަތް ކުރުވާ ބެލެހެއްޓުމާއި، ކައުންސިލަށް ބޭނުންވާ ފަރުނީޗަރއާއި ފިޓިންގްސް ހޯދުމާއި އެތަކެތީގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.

 

  1. ކައުންސިލުން ޚިދުމަތް ހޯދާ މަސައްކަތާއި ތަކެތީގެ ބިލްތަކަށްފައިސާދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް މާލިއްޔަތު ޤަވާއިދުގެ ތެރެއިން ސެޕްސިސްޓަމުން ކުރުމާއެކު ކައުންސިލްގެ ޑޭޓާ ސިސްޓަމް އިން ދުވަހުންދުވަހަށް އަޕްޑޭޓްކުރުން.

 

  1. ކައުންސިލުގެ މާލީ ބަޔާން ތައްޔާރުކުރުން.

 

  1. ތިޖޫރީއާއި ޕެޓީކޭޝްގެ ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި ތިޖޫރީ ރިޕޯޓް ހަފްތާއަކު އެއްފަހަރު ހަދައި ފިނޭންސްއަށް ފޮނުވުން.

 

  1. ފައިނޭންސް ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

 

  1. މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން  ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން.
  • މެނޭޖްމެންޓް.

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން.
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިންތައް:

  • ނެތް

ކޯ ޑިސިޕްލިންތައް:

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފައިނޭންސް ޔުނިޓްގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12.4 ވަނަ ނަންބަރުގައިވާ މިންގަޑުތަކެވެ.

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް (އިމްތިޙާނު އަދި ޕްރެކްޓިކަލް) ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (07 ޖުލައި 2024) އާދިއްތަ ގެ (14:00) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 08 ޖުލައި 2024 އިން 13 ޖުލައި 2024 އާ ދެމެދު، މޯލްޑިވްސް މީޑިއާ ކައުންސިލް  (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                          އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ 

                           17 ذُو ٱلْحِجَّة 1445މ.

                           24 ޖުލައި 2024ހ.

                                                                      

24 ޖޫން 2024
ހޯދާ