ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޓޫރިޒަމް ޑެސްކް ގާއިމް ކުރުން

މި އިޢުލާންވަނީ 24 ޖޫން 2024 09:03 ގައި ބާތިލް ކުރެވިފައެވެ.


ކުޅުދުއްފުށި ސިޓީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ މަގު ފަހިކޮށް ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން, ކުޅުދުއްފުށި ސިޓީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުޞޫލު އެކުލަވާލެވި، ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމަށް ސިޓީ ކައުންސިލަށް ދޫކުރާ ހުއްދަލިބި، މިއިދާރާގެ ޓޫރިޒަމް ޑެސްކް އެވުޒާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ޓޫރިޒަމް ޑެސްކް ޚިދުމަތްތައް ލިބެން ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް އީމެއިލް ނުވަތަ ފޯނުގެ ޒަރިއްޔާއިންނެވެ.

ފޯނު: 7971621

އީމެއިލް: [email protected] 

ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމަތަށްޓަކައި އާންމުކޮށް އިޢުލާންކުރަމެވެ.

23 ޖޫން 2024
ހޯދާ