ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ފުޓްސަލް ފިޔެސްޓަރ 2024 ގައި ބައިވެރިވުމުގެ -ފުރުޞަތު ހުޅުވާލުން

މަޑަވެލި ކައުންސިލް ފުޓްސަލް ފިޔެސްޓަރ 2024 (ފިރިހެން، އަންހެން) ގައި ބައިވެރިވުމުގެ ފުރުޞަތު 23 ޖޫން 2024 އިން 01 ޖުލައި 2024 އަށް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2024 އިން 01 އޮގަސްޓް 2024 އަށް މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައެވެ. މިމުބާރާތުގެ އެއްވަނަ ޓީމަށް (ފިރިހެން) -/25000ރ (ފަންސަވީސް ހާސް ރުފިޔާ) 2 ވަނަ ޓީމަށް  (ފިރިހެން) -/15000ރ (ފަނަރަހާސް ރުފިޔާ) އަދި މިމުބާރާތުގެ އެއްވަނަ ޓީމް (އަންހެން) -/10000ރ (ދިހަހާސް ރުފިޔާ) 2 ވަނަ ޓީމް (އަންހެން) -/5000ރ (ފަހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ހަމައެކަނި މަޑަވެލިގެ ޓީމްތަކަށް އެކަނި ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.  ޓީމް ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.

https://docs.google.com/forms/d/1C0S9B8zpfauH5zBPSQw06REuo6-ImQExdCvi-jjOkgM/edit

ޓީމްލިސްޓް ހުށަހެޅުމުގެ ފަހު ތާރީޚަކީ 14 ޖުލައި  ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7332200 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2024
ހޯދާ