މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑަށް ނަން ހުށަހެޅުމާގުޅޭ

ކައުންސިލްގެ އަހަރީދުވަހާއި ގުޅުވައިގެން އަހަރަކު އެއްފަހަރު ދިނުމަށް ހަމަޖެހިފައިވާ "ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާވާހަކަ ދެންނެވީމެވެ. މިއެވޯޑަކީ ހިތްވަރާއި ހުނަރުން ހޯދާ ކާމިޔާބީތައް ފާހަގަ ކޮށް އެކަމަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް މިއިދާރާގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އިނާމެކެވެ.

          ވީމާ، މިއެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 04 ޖުލައި 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމާއިބެހޭ ފޯމް ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިޢިޢުލާނާއި އެކު މިވާ ލިންކުން، އަދި މިއިދާރާއިން ވެސް ކަމާއި ބެހޭ ފޯމާއި، ޢިނާމް ދިނުމުގެ އުޞޫލު ލިބެންހުންނާނެއެވެ.

          ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖޫން 2024
ހޯދާ