އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސ. ހިތަދޫ ކަށިބަށިގެ ގޯއްޗާއި ގުޅޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވޭތޯ ބެލުން

އިޢުލާން

 

ސ. ހިތަދޫ ކަށިބަށިގެ ގޯއްޗާއި ގުޅޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވޭތޯ ބެލުން

              ސ. ހިތަދޫ ކަށިބަށިގެ ނަމަކަށްކިޔާ ގޯއްޗަށް ރަޖިސްޓަރީ ހެއްދުމަށްޓަކައި މިއިދާރާއަށް ހުށަހެޅިފައިވާތީ ކަށިބަށިގެ ގޯއްޗާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ. އެގޮތުން ކަށިބަށިގެ ގޯތީގެ މައްސަލާގައި ޝަރުޢީ ކޯޓަކުން އެއްވެސް ނިންމުމެއް ނިންމަވާފައިވާނަމަ އެ މައްސަލައަކާއި ގުޅޭ ލިޔުން، ނުވަތަ އެއްވެސް ފަރާތަކަށް މިގޯތީގެ ރަޖިސްޓަރީއެއް ހަދައިދީ އެ ރަޖިސްޓަރީއެއް އެފަރާތެއްގެ އަތުގައި ވާނަމަ އެރަޖިސްޓަރީ، ނުވަތަ މިނޫންވެސް މިގޯއްޗާއި ގުޅޭ އެއްވެސް ލިޔުމެއް އެއްވެސް ފަރާތެއްގެ އަތުގައި ވާނަމަ އެލިޔުމެއް 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1445

23   ޖޫން  2024

23 ޖޫން 2024
ހޯދާ