ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައު ދައުރަކަށް ހިންގާ ކޮމެޓީ އިންޚާބު ކުރުމާބެހޭ

04 ޖޫން 2024 ވީ އަންގާރަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: TTAM/IUL/141/2024/09 އާއި 2024 އަދި 09 ޖޫން 2024 ވީ އާދީއްތަ ދުވަހު ކުރެވުނު މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: TTAM/IUL/141/2024/09 އާއި ޙަވާލާދީ ދަންނަވަމެވެ.

އިޢުލާންކޮށްފައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ 2024 އިން 2028 އަށް އައު ދައުރަކަށް އިންތިޚާބު ކުރެވޭ ހިންގާ ކޮމިޓީގެ އިންތިޚާބު 10 ޖުލައި 2024 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ. އަދި، އައު ދައުރަކަށް ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމެއް ވިލަރެސްކޮށް ކުރިއަށްގެންދިއުމަށް އެކުލަވާލެވިފައިވާ އިލެކްޓޯރިއަލް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ތިރީގައި އެވަނީއެވެ.

  1. އަލްފާޞިލް އަޙުމަދު ޢަބީރު އިސްމާޢީލް / އައިޑީ ކާރޑް ނަމްބަރ: A027282
  2. އަލްފާޞިލް މުޙައްމަދު ޢަނީލް ޢަބްދުއްލަޠީފް / އައިޑީ ކާރޑް ނަމްބަރ: A062491
  3. އަލްފާޞިލް ޢަބްދުﷲ އިޔާޒު / އައިޑީ ކާރޑް ނަމްބަރ: A286941

އައު ދައުރަކަށް ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭގޮތުން އެކުލަވާލާފައިވާ ޤަވާއިދު "ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާބެހޭ ޤަވާއިދު 2024" މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ. އަދި، އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުގެ ތާރީޙެއްގައި އިޢުލާނު ކުރެވޭނެކަންވެސް އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ  7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ޖޫން 2024
ހޯދާ